ސިންގަޕޫރުގައި ޕޮޒިޓިވްވާ މީހުންނަށް ރެމްޑެސެވިޔަރ ބޭސް ބޭނުން ކުރަން ހުއްދަ ދީފި

ސިންގަޕޫރުގައި ކޮވިޑް-19ށް ފަރުވާ ދޭން ރެމްޑެސެވިޔަރ ބޭސް ބޭނުން ކުރަން ހުއްދަ ދީފިއެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ ހެލްތް ސައިންސް އޮތޯރިޓީން ވަނީ މިބޭސް ކޮވިޑް-19ގައި ސީރިއެސްވާ މީހުންނަށް ބޭނުން ކުރުމަށް ހުއްދަ ދީފައެވެ.

މިބޭސް ރަސްމީކޮށް ބޭނުން ކުރަން ފެއްޓި ފުރަތަމަ ގައުމަށް ސިންގަޕޫރު ވެފައިވާއިރު، މިބޭސް ބޭނުން ކުރުމަށް އެގައުމުން ނިންމާފައިވަނީ ހާލު ދެރަ ނުވަތަ އޮކްސިޖަން ލެވަލް 94 އިންސައްތައަށްވުރެ ދަށްވެފައިވާ މީހުންނާއި ސަޕްލިމެންޓްރީ އޮކްސިޖަން ދޭންޖެހޭ މީހުން، އަދި ވެންޓިލޭޓަރގައި ތިބޭ ބަލި މީހުންނަށެވެ.

ރެމްޑެސެވިޔަރ ބޭސް ބޭނުން ކުރަން ހުއްދަ ދީފައިވަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް ފޯ އެލަރޖީ އެންޑް އިންފެކްޝަން ޑިސީސަސްގެ ކްލިނިކަލް ޑޭޓާއަށް ބެލުމަށްފަހުއެވެ.

އެމެރިކާގައި ރެމްޑެސެވިޔަރ އުފައްދާ ކުންފުނި ގިލިއެޑްއިން ވަނީ މިބޭސް ޓެސްޓު ކުރުމަށް ތިންވަނަ މަރުހަލާގައެވެ. މިކްލިނިކަލް ޓްރިއަލްގައި ސިންގަޕޫރުގައި އިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސިންގަޕޫރުގެ ކޮވިޑް-19ށް ފަރުވާ ހޯދަމުންދާ 100 ށްވުރެ ގިނަ ޕޭޝަންޓުންނަށް ވަނީ މިކްލިނިކަލް ޓެސްޓުތަކުގައި ބައިވެރިކޮށްފައެވެ.

މި ބޭހަކީ އެބޯލާ ވައިރަސްގައި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރި ބޭހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!