ރާއްޖެއިން އިތުރު 111 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެއާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1121 އަށް އަރާފަ އެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ބިދޭސީން ނިސްބަތް ވަނީ ބަންގްލަދޭޝްއަށެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 398 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 932 މީހުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!