ފުރަބަންދު ކިޔާ ސިލްސިލާއެއް މުހައްމާ ގެނެސްދެނީ!

ކުރީގެ މަޝްހޫރު ކޮމީޑިއަން އަދި ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ފިލްމު ކުންފުނި ދެކެދެކެ ވެސް ޕްރޮޑަކްޝަނުން ގިނަ ދުވަސްތަކެއް ފަހުން “ފުރަބަންދު” ކިޔާ ސިލްސިލާއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ފަސް އެޕިސޯޑްގެ މި ސިލްސިލާ އަކީ އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ އެއްޗެކެވެ.

ކޮވިޑް-19އާ ހެދި ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ  މި ޑްރާމާގައި މުހައްމާ ގެ އިތުރުން ސީޒަން، ނާޝިދާ މުހައްމަދު (ނާއްކޮ) ގެ އިތުރުން ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އިއްބެ އަދި ކުޑަ އަންހެން ކުއްޖަކު ވެސް މުހިއްމު ރޯލެއް ކުޅޭ ސިލްސިލާގެ ޝޫޓިންގެ 30 ޕަސަންޓް މިހާރު ވެސް ނިމިފައިވާ ކަމަށެވެ.

މުހައްމާ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގައި ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނު “ވަފާތެރި ކެހިވެރިޔާ” އެވެ.

  1. މުހަންމާ އާއި އެންމެގުޅޭ ކަމަކީ ތިއީ، ތިކަން ދޫކޮށްނުލާތި..

    2
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!