އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1962 އަށް އަރާފައިވާ ކަމަށެވެ. 

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1038 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!