ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ އެކު މިދިޔަ އޭޕްރީލް މަހުގެ 15 ގައި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އޭގެ 43 ދުވަހަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އެކަމަށް ލުއި ދޭން ފަށައިފަ އެވެ. ފުރަތަމަ ފިޔަވަހީގައި ލުއިތައް ދިނީ ފުރަތަމަ ދެ ހަފުތާއަށެވެ. އެ މުއްދަތު މާދަމާ ހަމަވާނެ އެވެ.

އެ ފިޔަވަހީގެ މުއްދަތު ހަމަވުމުން، މާދަމާ ދޭން ފަށާ ލުއިތައް އިއުލާނުކުރަން ހަމަޖައްސާފައި އޮތީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބާއްވާ މީޑިއާ ބްރީފިންގަ އެވެ. ނަމަވެސް އެ ލުއިތައް އިއުލާނުކުރުން މާދަމާ ރެއަށް ފަސްކުުރުމުން، މިރޭގެ ބްރީފިން ވަނީ ކެންސަލްކޮށްފަ އެވެ.

އަދި ވަކި ހާއްސަ ފަރުވާއަށް ހޯދިފައިނުވާ ބައްޔަށް ރާއްޖެއިން 1،942 މީހުން ޕޮޒިޓިވްވިއިރު ހާހަކަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!