ބައެއް ކުންފުނިތަކުން ބިދޭސީން ފިލުވަން އެހީ ވާކަަމަށް ތުހުމަތު ކޮށްފި

ބައެއް ކުންފުނިތަކުން ބިދޭސީން ފިލުވާ ކަމަށާއި އެ ކުންފުނިތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ވެބިނާގައި ސައުދު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކޮންސްޓްރަކްޝަން ދާއިރާގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫން ކަަމަށެވެ. އެ މައްސަލަ ރާއްޖޭގައި އިތުރުވީ އެއިރެއްގައި އޮންނަ ސަރުކާރަކުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަދަބު ދިުމުގެ ބަދަލުގައި “އިނާމެއްގެ” ގޮތުގައި ގައުމަށް ފޮނުވާލާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ބައެއް ކުންފުނިތަކުން ބިދޭސީން ފިލުވާ ކަމަށާއި އެ ކުންފުނިތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ގަވާއިދާ ހިލާފުވާ ބިދޭސީން ގައުމަށް ފޮނުވާލުމުގެ ކުރިން އެ މީހުންނާއި އެމީހުން ގެނައި ކުންފުނީގެ މީހުން އެއްތަނެއްގައި ތިބެ ވާހަކަދައްކައިގެން ކަމަށް އެނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނީ ގާނޫނަށް ނުވަތަ ގަވާއިދުތައް ބަދަލުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން، ބިދޭސީއަކު ފިލައިފި ނަމަ އޭނާ ޖޫރިމަނާކުރާ ގޮތަށް ނުވަތަ އޭނާ ފިލުވައިފި ނަމަ އެ ކުންފުންޏެއް ޖޫރިމަނާ ކުރަން އޭނާ ވަނީ ހިޔާލު ހުށަހަޅުއްވައިފަ އެވެ.

މީގެ އިތުރުން ފިލާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ހަ މަސް ދުވަހު ޖަލަށް ލާން ފެށުމުން ވެސް އެ މައްސަލަ ހައްލު ކުރެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!