ޗައިނާއިން ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗް ރާއްޖެ ގެނެސްފި

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފި އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މިއީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗް ކަމަށެވެ.

އެގޮތުން ޗައިނާ އިން މިއަދު ރާއްޖެ ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 5،000 ފޭސް މާސްކާއި، 5،000 ސާޖިކަލް މާސްކު، 5،000 ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން 5،000 މެޑިކަލް ގޮގުލްސް އެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށުނީއްސުރެ ޗައިނާއިން ގެންދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އޭގެ ކުރިންވެސް އެ ގައުމަކީ ރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު ބައިވެރިޔާއެވެ.

ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ޗައިނާ ސަރުކާރާއި ޗަައިނާގެ މަދަނީ ޖަމިއްޔާ އަދި ބޮޑެތި ވިޔަފާރި ކުންފުނިތަކުން މީގެ ކުރިން ވެދީފައިވާ އެހީތެރިކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!