ރުމާލު 2 ޖަހަގަ ހުރި ބިމުގައި އިންޑޯ ވޮލީ ކޯޓުތަކެއް އަޅަނީ

“ރުމާލު 2” ޖަގަހަ ހުރި ބިމުގައި ވަގުތީ ވޮލީ ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރުމަވަންތަ ސްކޫލު އެޅުމަށް ވޮލީ ކޯޓުތައް ނަގަން ޖެހުމާ ގުޅިގެން ވަގުތީ ގޮތުން ތިން ވޮލީކޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް މިނިސްޓާރ ވިދާޅުވީ ވޮލީއަށް ހާއްސަކުރެވިފައިވާ އެބިމުގައި ފެންވަރު ރަނގަޅު އިންޑޯ ކޯޓުތަކެއް ވީ އެންމެ އަވަހަކަށް އެޅުމަށް ރޭވިފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!