އަންނަ މަހު ފުވައްމުލަކުގެ މަގުތައްހަދަން ފަށާނީ

ފުވައްމަލަކުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ފޭސްބުކްގައި މީހަކު ކުރި ސުވާލަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ވެސް އެ މަގުތަކުގެ ޕްލޭނިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަސައްކަތްތައް ފުވައްމުލަކުގައި ހުންނަ އެމްޓީސީސީގެ ހެޑް އޮފީހުގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޖުލައިގެ މަސް ނިމުމުގެ ކުރިން ބާރު ސުޕީޑުގައި މަސައްކަތް ކުރިއަށް ދާތަން ފެނާނެ ކަމަށާއި ފުރިހަމަ މަގުތަކެއް ފެންނާނީ ފުރިހަމަ ޕްލޭނެއް ހަދައިގެން ކަމަށެވެ.

އެހެންކަމުން ޕްލޭން ކުރުމުގެ ގިނަ މަސައްކަތް ތަކެއް ކުރަމުން ދާ ކަމަށާއި ރަނގަޅު ޕްލޭން އަކާ އެކު ފެށުމުން ފެންވަރު ރަނގަޅު މަގުތަކެއް ލިބިގެން ދާނެކަމަށެވެ.

ފުވައްމަލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު މެދު ކެނޑިފައި އޮތުމަށް ފަހު، އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 17ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރި ނަމަވެސް އަލުން އެ މަގުތައް ހަދަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!