ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީއިން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ މައުސޫމާ ގުޅޭ ތުހުމަތުތައް ތަހުގީގު ކުރުމަށެވެ. އަދި އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރާށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މައުސޫމް ފާޅުގައި ރިޝްވަތު ނަގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއްގެ މައްސަލަ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި އެ ނޫން ވެސް މައްސަލަތަކެއް ދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!