ޕާނަކަށް ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި ހޯދައި 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ.

އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮތަޅު ޕާނަކަށްލައި ފޮރުފައިގެން ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގެންފައި ވާކަމަށެވެ.

މި 3 މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!