މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހަޅުއްވައިފި

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ. އެކަން އެކަމަނާގެ އަރިސް ބައެއް ބޭފުޅުން ވަނީ މިރޭ ޔަގީން ކޮށްދެއްވާފަ އެވެ. އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް ކުއްލިއަކަށް ވަރަށް ބޮޑަށް ހާލުކޮޅު ގޯސްވެގެނެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި އާތިފާ ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރްއެމްގެ ފަރާތުންނެވެ.

މިއީ މި ސަރުކާރުން އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ. އެގޮތުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ފަރާތުން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެވެ. ނަމަވެސް ޝިދާތާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ބޭފުޅެއް ނޫނެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އައްޔަން ކުރައްވާފައިވަނީ އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!