ވައިކަރަދޫގެ ކަރާ ދަނޑެއް ބަޔަކު ކޮށާލައިފި

ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ.

ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކްގައި ވަނީ ޕޯސްޓެއް ކޮށްފައިއެވެ.

“އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި” ޕޯސްޓްގައި ކަރާދަނޑުގެ ފޮޓޯ ހިއްސާ ކުރަމުން ލިޔެފައި ވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކަރާތަށްވަނީ ކޮށާކުދި ކޮށްފައިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިންވެސް އެދަނޑަށް ވަނީ ގެއްލުންތަކެއް ދީފައެވެ. މިފަހަރު 19 ކަރާ ކޮށާ ކުދިކޮށްލާފައިވާއިރު ކުރިން ވަނީ ކެޔޮގަނޑެއް ކޮށާ ކުދިކޮށްލާފައިކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށައަޅާފައިއެވެ.

  1. ތިކަން ކުރިބަޔަކަށް ނުކުރެވޭނެ އެއްކަމެއްވެސް. ހަމަ ތަކުރާރުކޮށް މީހުންނަށް އަނިޔާދިނުމުގަ މިވަންކަންމަތީ އުޅޭނެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!