ޓޫރިޒަމްގައި ދިވެހީން ބާރުވެރިކުރުވަން ހުށަހެޅި ޕެޓިޝަނަށް އާންމުންގެ ހިޔާލު ހޯދަނީ

ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް އާންމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕެޓިޝަނެއް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ މިމަހުގެ 23 ގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިޔުމުން ނުވަތަ އީމެއިލުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތުން އީމެއިލުން ނަމަ [email protected] އަށް ފޮނުވައި ދިނުމަށް ވަނީ އެދިފައެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިއިރު އޭރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ވަޒީފާ ނުލިބޭ ކަމުގެ އަޑުތައް ގަދަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!