ރާއްޖެއާއި ޗައިނާއަކީ ދެ ޕާޓްނަރުން ކަމަށް ޗައިނާގެ ސަފީރު ވިދާޅުވެއްޖެ

ރާއްޖެއާއި ޗައިނާއަކީ އެކަކު އަނެކަކަށް އެހީތެރިވެދޭ ޕާޓްނަރުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގ ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ލިޒޮންގ މިހެން ވިދާޅުވީ ހުޅުމާލޭގައި ޗައިނާއިން ގާއިމް ކުރި ލޭބަރ ކުއާޓާއާއި ގުޅިގެން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ފޮނުއްވި ސިޓީއަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޗައިނާގެ ހަރަދުގައި ހުޅުމާލޭގައި ލޭބަރ ކުއާޓާއެއް އިމާރާތްކޮށްދެއްވާފައިވަތީ އެކަން ފާހަގަކުރައްވާ ޗައިނާގެ ސަފީރަށް ފޮނުއްވި ސިޓީގައި މިނިސްޓަރ ފައްޔާޒު ވަނީ ލޭބަރ ކުއާޓާގެ މަސައްކަތް ނިންމަވައި ދެއްވާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ގާއިމްކުރި ލޭބަރ ކުއާޓާގެ މަސައްކަތް ނިންމާ އެތަން ވަނީ ބޭނުން ކުރަން ފަށާފައެވެ. މިތަނަކީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި މިތަނުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީއައި އެޗްޑީސިއާއި ގުޅިގެންނެވެ.

ލޭބަރ ކުއާޓާގެ މަސައްކަތްތަކެއް ކޮށްދީފައިވަނީ ޗައިނާގެ ކުންފުނިން ކަމަށާއި، އެ މަސައްކަތް ކޮށްދީފައިވަނީ އެއްވެސް އަގަކާ ނުލާ ހިލެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!