އިންޑިއާގެ 82 މީހަކު އަނބުރާ ގައުމަށް

ކޮވިޑް-19 އާއި ގުޅިގެން އަނބުރާ ގައުމަށް ދާން އެދުނު މީހުންގެ ތެރެއިން އިތުރު ބަޔަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

މޯލްޑިވިއަން އެއަރލައިންގައި ޗެންނާއީއަށް 82 މީހަކު ވަނީ މެންދުރު ފުރުވާލާފައެވެ. ކޮވިޑް 19 އާއި ގުޅިގެން އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މެންދުރު 82 މީހަކު ފުރުވާލާފައިވާ އިރު ހެނދުނު ވެސް 118 މީހަކު ވަނީ އިންޑިއާއަށް އަނބުރާ ފުރުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!