ސޮފްޓު ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅައިފި

ރާއްޖެއަށް އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ހުށަހަޅާފައިވާ އެ ބިލުގައި ވަނީ މިހާރު ރާއްޖެއަށް އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ލީޓަރަކަށް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި ނަގައެވެ. ވިސާމު ވަނީ އެ އަދަދު ބޮޑު ކުރުމަށް ހުށަހަޅާފައެވެ.

އެގޮތުން ރާއްޖެ އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ލީޓަރަކަށް 8 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ.

އެނާޖީ ޑްރިންކުން ނަގަމުން އަންނަ ޑިއުޓީއަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިހާރުވެސް އެނާޖީ ޑްރިންކުން ނަގަމުން އަންނަ 33.64 ލާރި އަންނަނީ ނަގަމުންނެވެ.

ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކުން 25 ޕަސެންޓު ނެގުމަށް ހުށަހަޅާފައިވާއިރު ބިލުގައި ބުނެފައިވަނީ ލީޓަރަކަށް 50 ރުފިޔާ ނަގާނެ ކަމަށެވެ. ބަނގުރާ އެކުލެވޭ ނަން ސްޕާކްލިން ވައިން 25 ޕަސެންޓު ނެގުމަށް ހުށަހަޅާފައިވާއިރު ބިލުގައި ބުނެފައިވާ ގޮތުގައި ލީޓަރަކަށް 15 ރުފިޔާ ނަގާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!