ދިވެހިން ގެންނަން ބާއްވަން ހަމަޖެއްސި ފްލައިޓް ފަސްކޮށްފި

ސްރީލަންކާގައި ތިބި ދިވެހިން ގެންނަން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެއްސި މޯލްޑިވިއަންގެ ފްލައިޓް ފަސްކޮށްފިއެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައިބުނީ މި މަހުގެ 12 ވަނަ ދުވަހު ލަންކާ އަށް ބާއްވަން ހަމަޖެއްސި ފްލައިޓް ފަސްވެފައިވާ ކަމަށެވެ. އަދި ތާރީހެއް ހަމަޖެހުނުހާ އަވަހަކަށް އެކަން އިއުލާންކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވަނީ ލަންކާ އިން 263 ދިވެހިން އަނބުރާ ރާއްޖެ ގެނެސްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!