އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އެއްކޮށް ރުފިޔާ އިން ދޭން ނިންމައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފި އެވެ.

މީގެ ކުރިން އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ދެމުން އައީ ޑޮލަރުންނެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ނެރުނު އިންޓާނަލް ނޯޓިސްއެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކުންފުންޏަށް ވަނީ މާލީ ދަތިތަކާއި ބޭރު ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައި ކަމަށް ނޯޓިސްގައި ވެ އެވެ.

މިކަން މިގޮތަށް ހުރުމާ އެކު، ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދޭނީ ދިވެހި ފައިސާ އިން ކަމަށް އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!