އެމްޓީސީސީއަށް ދޭން ޖެހޭ 1 މިލިއަން ނުދޭން ޑީއާރްޕީން ހުށައެޅި އިސްތިއުނާފު މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މޯލްޑިވްސް ޓްރާންޕޯރޓް އެންޑް ކޮންސްޓްރެކްޓިންގް ކޮމްޕަނީ ޕލކ އިން ދިވެހި ރައްޔިތުންގެ ޕާޓީއިން ހޯދާފައިވާ ޙިދުމަތުގެ އަގުގެ ގޮތުގައި 1،113،587.96ރ ހޯދުމަށްއެދި އެމްޓީސީސީއިން ސިވިލް ކޯޓުގައި ކޮއްފައިވާ ދައުވާއަށް ޑީއާރުޕީއިން ހުށައެޅި އިސްތިއުނާފު މައްސަލަ ބަލައިދިނުމުގެ ހުއްދަ ނުދެވޭނެކަމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުން ނިންމައިފިއެވެ.

މި މައްސަލައަކީ މީގެކުރިން ސިވިލް ކޯޓުއަދި ހައިކޯޓުގައިވެސް ބަލާފައިވާ މައްސަލައެކެވެ.

ސިވިލް ކޯޓުން އެމްޓީސީސީއާ އެއްކޮޅަށް މައްސަލަ ނިންމުމުން ޑީއާރްޕީން ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ވެސް ހުށަހަޅާފައެވެ. ހައި ކޯޓުން ވެސް މައްސަލަ ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށް އެމްޓީސީސީއާ އެއްކޮޅަށެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ޑީއާރްޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ޑީއާރްޕީގެ ފަރާތުން ހުށަހެޅީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެގޮތުން ޑީއާރްޕީން ބުނީ އެ ޕާޓީގެ ނަމުގައި ބަޔަކު އެމްޓީސީސީން ހިދުމަތް ހޯދާފައިވާ ނަމަ އެއީ އެޕާޓީން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެ ޕާޓީން ބުނީ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެމްޓީސީސީން ހިދުމަތް ދީފައިވަނީ ޑީއާރްޕީއަށް ކަން އެނގެން ނެތް ކަމަށާއި ސިވިލް ކޯޓުން ހުކުމް ކުރީ، އެކަމަށް ރިއާޔަތް ނުކޮށް ކަމަށް ޑީއާރްޕީން ބުނެއެވެ.

މި މައްސަލާގައި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ ޑީއާރްޕީން ހުށަހެޅި ނުކުތާއަށް ބާރުދޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއިދު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!