ސޮސެޖާއި ޗުއިންގަމް އަދި މެޓަލުން ނަގާ ޑިއުޓީ ބޮޑުކުރަނީ

ރާއްޖެ އަށް އެތެރެކުރާ ސޮސެޖާއި ޗުއިންގަމް އަދި މެޓަލުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ހުށަހަޅުއްވާފައިވާ އެ އިސްލާހުގައިވާ ގޮތުން ސޮސެޖާއި އެފަދަ އެހެން ބާވަތްތަކުން 15 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ވަނީ ނިންމާފައެވެ.

ކުރިން 5 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުން އަންނަ މެޓާ ފަދަ ބާވަތްތަކުން 15 ޕަސެންޓު ނެގުމަށް ނިންމާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މެޓައާ ޗުއިންގަމާއި އެފަދަ ޝުގާ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކެވެ. މީގެއިތުރުން ކޮކޯ އެކުލެވޭ މެޓާގެ ބާވަތްތަކުން އަދި އެފަދަ ޝުގާ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުން ވެސް 15 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ވަނީ ނިންމާފައެވެ.

މެމްބަރުގެ ބިލުގައި ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ ކަނޑާލަން ހުށަހަޅާފައިިވާއިރު، ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރުމަށާއި، ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެގޮތުން މީގެކުރިން މާބަލް ޝީޓާއި ޓައިލްސް އިން ނަގަމުން ދިޔަ 15 ޕަސެންޓުގެ ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެއެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސް ފިޔަވާ އެހެނިހެން ބަވާތްތަކުން ނަގަމުން ދިޔަ ފަސް ޕަސެންޓުގެ ޑިއުޓީ ވެސް ވަނީ އުނިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!