އައްޑު ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރުއަޅައި ނިންމައިފި

ސ. ހުޅުމީދޫ ބަހާއުއްދީނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރު އަޅައި ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ ސ. ހުޅުމީދޫ ބަހާއުއްދީނު މަގުގައި ތާރު އަޅައި ނިމިފައިފިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 މިލިމީޓަރުގެ ބޯމިނުގައި ތާރު އަޅާފައިވެއެވެ އެވެ.

ބަހާއުއްދީން މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެ މަގުގައި ސްޓޯމް ވޯޓާ މެނޭޖުމެންޓު ސިސްޓަމެއް ގާއިމްކޮށް، ޕޭވްމެންޓު ހަދާނެއެވެ. ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާ ކްރޮސިން ގާއިމްކޮށް ގަސް އިންދަން ހާއްސަ ސަރަހައްދުތައްވެސް ހަދާނެ އެވެ.

މި މަސައްކަތަށް 42.5 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މި ޕްރޮޖެކްޓު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު 27 ގައެވެ. އެ ކުންފުނިން ބުނީ އޮގަސްޓުމަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!