އައްޑޫ ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާނުކޮށްފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 18 ނަރުހަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ކަމަށާއި އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމުގައި ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން މި 18 ނަރުހުން ހޯދަން އިއުލާނުކޮށްފައިވަނީ ދާއިމީ ނަރުހުންގެ ގޮތުގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެ ހޮސްޕިޓަލުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!