އޮގްޒިލަރީ ފަޔަމަނުން ލައްވައި ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަޅު ކުދިން ގެ ގޮތުގައި:ސަނީފް

ރަށް ރަށުގައި މަސައްކަތް ކުރަމުން އަންނަ އޮގްޒިލަރީ ފަޔަމަނުން ލައްވައި ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަޅު ކުދިން ގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި، ސަނީފް ވިދާޅުވީ އޮގްޒިލަރީ ފަޔަމަނުންގެ ގޮތުގައި މަސައްކަތް ކުރަމުން މިހާރު ވެސް އަންނަ ބައެއް ފަރާތްތަކުން ކޮންޓްރެކްޓް އުސޫލުން ދާއިމީ ނުވެ މަސައްކަތްކުރާތާ މިހާރު 10 އަހަރު ވެފައި ވާ ކަމަށާއި އެގޮތަށް ދާއިމީ ނުވެ މަސައްކަތް ކުރަން ޖެހޭތީ އެމީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫން ލިބިދޭ ހައްގުތަކުން މަހުރޫމް ވެފައި ކަމަށް ވެސް އޭނާ އޭނާ ވިދާޅުވި އެވެ.

“ޑިފެންސް މިނިސްޓްރީގައި މިއަދު ވެސް މަސައްްކަތް ކުރުވަމުންދާނެ އަޅު ކުދިންގެ ގޮތުގައި މަސައްކަތްކުުރުވަމުން ދާނެ އޮގްޒިލަރީ ފަޔަރުން ކިޔާ ކުދިންތަކެއް،” ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް މަސައްކަތް ކުރާ ފަޔަރުމަނުންނަށް ލިބެނީ މަހަކު ގާތްގަނޑަކަށް 4،500ރ. އެވެ.

އޮގްޒިލަރީ ފަޔަމަނުން ލައްވައި ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަޅު ކުދިން ގެ ގޮތުގައި

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!