ސައިކަލެއްގައި ދިޔަ ދެ އަންހެނެއްގެ ގަޔަށް ފެންފޯއް ރުކެއް ވެއްޓިއްޖެ

އައްޑޫ މީދޫގައި ސައިކަލު ދުއްވާފައި ދިޔަ ދެ އަންހެނެއްގެ ގަޔަށް ފެންފޯއް ރުކެއް ވެއްޓި ގެއްލުން ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ގަޑީގައެވެ.

ގެއްލުން ލިބުނު ދެ އަންހެނުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއައް ދޫކޮށްލާފައިއެވެ.

އެރަށު ގެއަކުން ކަނޑާލި ފެންފޯއް ރުކެއް ވެއްޓިފައި ވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ގަޔަށެވެ. އެއާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ ސައިކަލު ދަށުވެ އަނިޔާ ލިބިފައެވެ.

އެ ހާދިސާގައި އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ޔަގީނެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!