އިންޑިއާގެ 118 މީހަކު ފުރުވާލައިފި

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 118 މީހަކު އެ ގައުމަށް އަނބުރާ ފޮނުވާލައިފިއެވެ.

މޯލްޑިވިއަންއިން ބުނީ އެ ފްލައިޓްގަ އިމިއަދު އިންޑިއާގެ 118 މީހަކު ޓްރިވެންޑްރަމްއަށް ގެންދާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުން ބަލާ އިންޑިއާގެ އަސްކަރީ މަނަވަރު ވަނީ ހަތަރު ފަހަރެއްގެ މަތިން އައިސްފައެވެ. މި މަނަވަރުގައި ވަނީ އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރުން ލަންކާގައި ތިބި އިންޑިއާގެ 700 ރައްޔިތުންވެސް މި މަނަވަރުގައި ޤައުމަށް ގެންގޮސްފައެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ރައްޔިތުންގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން އެ ގައުމަށް އަނބުރާ މިހާރު ވަނީ ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!