ބާ އިމްތިހާނުގެ ޝަރުތު 2021 ވަނަ އަހަރަށް ލަސްކުރާ ބިލު ކޮމިޓީއަށް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާފައިވާ ދެ ޝަރުތަކަށް އަމަލުކުރުން 2021 ވަނަ އަހަރުގެ ޖެނުއަރީ އެކަކާ ހަމަޔަށް ފަސްކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ތަޅުމަށް ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި މި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަަލއިގަތީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިްނ 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެހެންކަމުން ބިލު ދިސާރާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ބަހުސް ފަށާފައިވާ ބިލްގައި ވަނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު، ގާނޫނީ ވަކީލްކަމުގެ ހުއްދަ ދޫކުރެވޭނީ އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށްވާ އިރު، އެ ގާނޫނުން މުޅިން އަލަށް ތައާރަފްކުރި ޝަރުތަކީ، ގާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި އަދި ބާ އިމްތިހާނު ފުރިހަމަކުރުން ކަން ވަނީ ފާހަގަކޮށްފައެވެ.

އެކަންކަން އެގޮތަށް ހުރި އިރު ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އެއް އަހަރުގެ ތަމްރީން ފުރިހަމަކުރުމަށް ގާނޫނު ކިޔަވައި ނިންމި ދަރިވަރުންނަށް ހުރަސްތަކެއް ދިމާވެފައިވާކަން ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ބާ އިމްތިހާނު ބޭއްވުމަށް ދަތިތަކެއް ހުރިއިރު، ވަކީލު ކަމުގެ ޑިގްރީ ހާސިލުކޮށް ބާ އިމްތިހާނުގެ ސަބަބުން ހުއްދަ ނުލިބިފައި 300 ދަރިވަރުން އެބަ ތިބި ކަމަށާއި އެ ދަރިވަރުންނަށް މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ޝަރުތަށް އަމަލު ކުރުން ލަސްކޮށް ވަކީލު ކަމުގެ ހުއްދަ ލިބިގެން އާމްދަނީ ލިބޭނެ ގޮތް ވުން ކަމަށް ނާޒިމް ވިދާޅުވި އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!