މި މަހުގެ ތިން ވަނަ ދުވަހު ހަވީރު އިންޑިއާ މީހާ ބުރިޖުމަތިން ފުންމާލީ ސަބަބު ހާމަ ކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވެއްޖެވެ.
ރާއްޖޭގެ އޮންލައިން ނޫސް “އަވަސް” ގައި ފުލުހުންނާއި ހަވާލާދީ އިންޑިއާ މީހާ ބުރިޖުމަތިން ފުންމާލީ ކީއްވެތޯ ސުވާލު ކުރުމުން އެ މައްސަލައިގެ ބާވަތުން އެ ސަބަބު ހާމަ ކުރެވެން ނެތް ކމަަށް ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ބުނެފައިވަނީ ބުރިޖު މަތިން ފުންމާލި މީހާއަށް ފަރުވާ ދިނުމަށް ފަހު އޭނާގެ ބެލެނިވެރި ފަރާތާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.