ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެ ފިރިހެނުން ހައްޔަރު ކޮށްފި

ރާއްޖޭގެ އުތުރަށް ނިސްބަތްވާ ރަށަކުން ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެ ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ ރަށަކުން (ނ,ރ,ބ,ޅ) ކުރެ އަތޮޅެއްގެ ރަށަކުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަގޫ ކުރާ މައްސަލައެއް 4 ޖޫން 2020 ގައި ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ.

އެގޮތުން ފުލުހުން ބެލި ބެލުމުން, މި ކުއްޖާއަށް ވަނީ އެކި ދުވަސް މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މއްސަލައާއި ގުޅިގެން 9 ޖޫން 2020 ވީ ދުވަހު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކާއި, 37 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށްފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!