ނިއު ނޯމަލްގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލުމަށް ހަދާފައިވާ އެސްއޯޕީ ކޮޕީ ކޮށްފި: ސްމިތް

ނިއު ނޯމަލްގައި ފަތުރުވެރިކަމަށް ދިވެހިރާއްޖެ އަލުން ހުޅުވާލުމަށްޓަކައި ޓްއަރިޒަމް މިނިސްޓްރީން ހަދާފައިވާ އުސޫލު ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ސްރީލަންކާ އިންނާއި، ސީޝެލްސް އިން ކޮޕީ ކޮށްފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކިއުޓިވް އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ.

ސްމިތު މިހެން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންގެ ގުޅުމުގެ މެންބަރުންނާއި ރައީސް ނަޝީދު ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.

ދިވެހިރާއްޖޭގެ އެސްއޯޕީ ލަންކާ އާއި ސީޝެލްސް އިން ކޮޕީ ކޮށްފައިވާ ކަމަށް ސްމިތު ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އެ އެސްއޯޕީ ބަދަލުކޮށް އެހެން އެސްއޯޕީ އަކަށް ރާއްޖެ އިން އަމަލު ކުރުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު އެކަމަށް އެދިވަޑައިގަތުމުން ސްމިތު ވިދާޅުވީ މިހާރު ވަނީ އެއަށްވުރެ މާރަނގަޅު އެސްއޯޕީ އެއް ހަދާފައި ކަމަށެވެ.

ލަންކާ އާއި ސީޝެލް އިން ރާއްޖޭގެ އެސްއޯޕީ ކޮޕީ ކުރިކަމަށް ސްމިތު ތުހުމަތު ކުރެއްވި ނަމަވެސް އެއިން އެއްވެސް ގައުމަކުން ރާއްޖެ އިން އެކުލަވާލާފައިވާ އެސްއޯޕީގައި ހިމެނޭ ކަންކަން ކޮޕީ ކުރި ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. ސަބަބަކީ ރާއްޖެ އިން ޖުލައި މަހު ފަތުރުވެރިކަން ހުޅުވާލާނެ ކަމަށް ބުނެފައި ވީނަމަވެސް އަމަލު ކުރަން ޖެހޭ ތަފްސީލީ އުސޫލުތަކެއް، ނުވަތަ އެސްއޯޕީއެއް އަދި މިހާތަނަށް އާއްމު ވެސް ކޮށްފައެއް ނުވެއެވެ. އެހެންވުމުން ސްމިތު އެ ވިދާޅުވި ރާއްޖޭގެ އެސްއޯޕީ ލަންކާ އާއި ސީޝެލް އަށް ލިބުނު ގޮތަކާއި ކޮޕީކުރި ގޮތެއް ވެސް އެނގެން ނެތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!