ސައުދީ އިން ގިނަ ބަޔަކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ

ސައުދީ ޢަރަބިއްޔާއިން 3،000ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

އެޤައުމުގެ ހެލްތް މިނިސްޓްރީން ޢާންމުކޮށްފައިވާ ބަޔާނުގައިވާގޮތގައި، އަންގާރަ ދުވަހު އެކަނި އެޤައުމުން 3،288 މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއެކު މިހާރު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދުމިހާރު ވަނީ 108،571އަށް އަރާފަ އެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވީކަމަށް ރިކޯޑު ކުރެވެމުން ދަނީ އެޤައުމުން ފަށާފައިވާ ‘ކޮމިއުނިޓީ ސަރވައިލެންސް” ޕްރޮގުރާމުގެ ދަށުން، ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ ޓެސްޓު ކުރަމުންދާތީ އެވެ. ތަހުލީލުތަކުގެ ނަތީޖާއަށް ބަލާ އެއް ކުރެވުނު ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ ހަތަރު ދުވަހުވެސް އެޤައުމުން 3،000ށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވީ ކަމަށް ރިކޯޑުކުރެވިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!