ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 7 މީހަކަށް އަންނަނީ ފަރުވާދެމުން: މަބްރޫކް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މިހާރު 7 މީހަކަށް ފަރުވާދެމުން އަންނަކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 7 މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ހުރިހާ ބަލި މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ހުޅުމާލޭގައި ޤާއިމުކުރި މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ. މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ތަރައްޤީކުރަން ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ނިންމާ އެތަން އައި.ޖީ.އެމް.އެޗްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މިތަން ތަރައްޤީކޮށްފައިވަނީ 5 ބުލޮކް ހިމެނޭ ގޮތަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!