ރާއްޖެ އަންނަން ވަރަށް ގިނަ ބުކިން ހަދައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓު ތައް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލަން ތައްޔާރު ވަމުން ދާއިރު އަންނަ އަހަރު ރާއްޖެ އަންނަން ގިނަ ބަޔަކު ބުކިން ހައްދަމުން ދާ ކަމަށް އިނގިރޭސިވިލާތުގެ ޓްރެވަލް ވީކްލީގައި ކޯނީ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނެފައިވަނީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ މީހުން ދަތުރު ކުރަން ފަށާނީ އަންނަ އަހަރު ކަމަށް ބެލެވޭ ކަމަށެވެ. އޭގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހަކީ ފަހުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބުކިން ހެއްދި ދުވަހަށްވާނެ އެވެ.

ކޯނީގެ ޗީފް އެގްޒެކެޓިވް ޑެރެކް ޖޯންސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ އެ ކުންފުނީގައި އެންމެ ބޮޑަށް ވިކޭ އެއް މަންޒިލް ކަމަށެވެ.

އެ ކުންފުނިން ހާމަ ކުރިގޮތުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ދެން އެންމެ މަގުބޫލު ގައުމުތަކަކީ މޮރިޝަސް އާއި ތައިލެންޑް އަދި ސްޕޭންގެ އިތުރުން އިންޑިޔާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!