ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތިތަކެއް ހޯދައިފި

ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ވިލިނގިލި ވަލުތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫންމަހުގެ 9 ވަނަ ދުވަހު  ހިންގި އެ އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 347 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!