ބައެއް އެއްގަމު އުޅަނދުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރަން ހުށަހަޅައިފި

ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ކާރު، ޖީޕް، އަދި ވޭން ތަކުން ނަގާ އިމްޕޯޓު ޑިއުޓީ ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ މިހާރުގެ ގާނޫނުގައި ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ކާރު، ޖީޕް، ވޭންގެ ޑިއުޓީގެ ގޮތުގައި ނަގަމުން އައި 200 ޕަސެންޓް 100 ޕަސެންޓަށް ކުޑަކުރުމަށެވެ. އަދި މީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ އުޅަނދު އެތެރެކުރާ ނަމަ، ޑިއުޓީގެ ގޮތުގަައި 300 ޕަސެންޓު ކަނޑައެޅުމަށް ވެސް ބިލުގައި ވެއެވެ.

ވިސާމް ހުށަހެޅުއްވި މިބިލުގައި ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކުން ނަގަމުން އަންނަ ފަސް ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ވަނީ ހިމަނައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!