އެމްއެމްއޭއިން އަންގާރަ ދުވަހު ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތް ފަށަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންނަ އަންގާރަ ދުވަހު ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތް ފަށަން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ، ސަރުކާރުން ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއި ގުޅިގެން މެދުކަނޑާލަފައިވާ ބައެއް ހިދުމަތްތައް ފެށުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ކަންތައް ކުރިއަށްދާނީ 16 ޖޫން އިން ފެށިގެން ކަމަށް ބުންޏެވެ. އަދި ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ވަކިލާރި ދޫކުރުމާއި ބަލައިގަތުން ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ ބޭންކުން ބުނީ ހިދުމަތް ހޯދަން ދިޔުމުގެ ކުރިން ނަމާއި އައިޑީކާޑު ނަންބަރު އަދި އެޑްރެސް އާއިި ގުޅޭނެ ނަންބަރު އެ ބޭންކުގެ ނަންބަރު 7919292 އަށް އެސްއެމްއެސް ކުރަން އެދޭ ކަމަށެވެ. އަދި މި މައުލޫމާތު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވުމުން ފުލުހުން ހޯދަންޖެހޭ ހުއްދަ ހޯދުމުގައި އެމްއެމްއޭ އިން އެހީތެރިވެދޭނެ ކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!