އާ ކައުންސިލެއް އިންތިހާބު ވަންދެން އެމްޑީޕީ ކައުންސިލަރުން އިސްތިއުފާ ނުދިނުމަށް ނަޝީދު އެދިވަޑައިގެންފި

މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވި ނަމަވެސް، މިހާރު ކައުންސިލަރުންގެ ގޮތުގައި ތިބި އެމްޑީޕީގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުނިދުމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޒުވާނުން ގޮފީގެ ޒުވާނުންނާއި އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުރުގެ މަސައްކަތް ނިމުމުން، މަގާމުގައި އަލުން ނުތިބުމަށް ބޭނުން ނުވާތީ އިންތިހާބުގައި ވާދަ ނުކުރަން ނިންމި ކައުންސިލަރުންވެސް އެބަތިބި ކަމަށެވެ. އަދި ބައެއް ކައުންސިލަރުން މަގާމުން އިސްތިއުފާ ދެމުންދާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދު ވަނީ މިހާރު ތިބި ކައުންސިލަރުންގެ ތެރެއިންވެސް އެމްޑީޕީ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުދެއްވާ އިންތިގާލީ މަރުހަލާގައި ކުރާ މަސައްކަތްތަކަކީ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައި ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

“އަޅުގަނޑު އެދެނީ މިއީ ގައުމީ ކަމެއްކަމުގައި ބަލައިގެން އަދި ޕާޓީއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބަލައިގެން ކައުންސިލަރުން މަގާމުން އިސްތިއުފާނުދެއްވާ މަގާމުގައި ދެމި ތިއްބެވުމަށް،” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!