ކޮވިޑް-19 ގެ ކަންކަން ނިމުނުހާ އަވަހަށް މާވަރުލު އެއާޕޯޓް ހުޅުވާނަން: މިނިސްޓަރު ނަހުލާ

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް މާވަރުލު އެއާޕޯޓު ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ންލައިންކޮށް މިރޭ ބެއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، ގދ. ގައި ތަރައްގީކުރި މާވަރުލު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓް ހުޅުވަން ތައްޔާރުވެފައިވަނިކޮށް ކޮވިޑް-19 ފެތެރެން ފަށައި އެ މަސައްކަތް މިހާރު ހުއްޓިފައި އޮތް ކަމަށެވެ. އެހެންނަމަވެސް މި ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް އެއާޕޯޓު ހުޅުވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމައި އެތަން ހުޅުވުމުގެ ފޮނި އުއްމީދުގައި ތިއްބައި ކޮވިޑް-19 ގެ ކަންކަމާއި ހުރެ އެތަން ނުހުޅުވި ލަސްވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. 

މާވަރުލު އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މާވަރުލުގައި ހަދާފައި ވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!