ރިސޯޓް މުވައްޒަފުންނަށް ސީދާ ރިސޯޓަށް ދެވޭނެ ގޮތް ހަމަޖައްސައިފި

ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ސީދާ ރިސޯޓަށް ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މޮނިޓަރުންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައުވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް އެ ރިސޯޓްތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭން ނިންމާފައިވާ ކަމަށެވެ.

ޓުއަރިޒަމްގެ ބަޔާނުގައި ބުނީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަަފުންނަށް އެ ރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށް ވެސް އެޗްޕީއޭން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭން ވަނީ މިގޮތަށް ރަށްރަށުން ރިސޯޓްތަކަށްދާ މުވައްޒަފުންގެ މައުލޫމާތު ޓުއަރިޒަމް މިނިސްޓްރީން އެ އެޖެންސީއަށް އެންގުމަށް އެދިފައެވެ. އެހެންކަމުން ޓުއަރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންމަބަރު 7223131 އަށް ނުވަތަ އީމެއިލް އަށް މިފަދައިން ރިސޯޓްތަކަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ފޮނުވުމަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!