ފޮޓޯ: ސަން

ކޮނޑޭގެ އޮޅުއަލަ ދަނޑުތަކަށް ގޮތްނޭގޭ ބައްޔެއްޖެހި ދަނޑުތައް ހަލާކުވަނީ

ގއ. ކޮނޑޭގެ އޮޅުއަލަ ދަނޑުތަކުގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި، ދަނޑުތައް ހަލާކުވާން ފަށައިފި އެވެ.

ކޮނޑޭ ކައުންސިލުގެ ރައީސް އަހްމަދު އަބްދުއްހަކީމް ވިދާޅުވީ އެ ރަށުގެ އޮޅުއަލަ ދަނޑުތަކުގައި ގޮތްނޭނގޭ ބައްޔެއް ފެތުރި، އޮޅުތައް ހަލާކުވަމުން އަންނަތާ ހަފުތާއެއް ވަރު ވެދާނެ ކަމަށެވެ.

ކޮނޑޭގައި 50 އަަކަށް އޮޅުއަލަ ދަނޑު އޮވެއެވެ. އެހެން ނަމަވެސް އެބަލި ވަނީ މިހާރު 20 އަކަށް ދަނޑަށްފެތުރިފައިއެވެ. އަދިވެސް އެހެން ދަނޑުތަކަށް ވެސް ބަލި ފެތުރމުންދާކަމަށް އަބްދުލްހަކީމް ވިދާޅުވިއެވެ.

އޮޅުއަލައިގެ ދަނޑުވެރިކަމަކީ ބުރަ މަސައްކަތެއްކަން އޭނާ ފާހަގަ ކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!