މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތިތެރެއަށް ބޮޑުކަމުދާ މައްސަލަތަކެއް ފެންމަތިވެއްޖެ

މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތިތެރެއަށް ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގެ މައްސަލަތަކެއް ފެންމަތިވެ، ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.

އާސަހަރާ އަދި ހުޅުމާލޭގައި ހުންނަ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ވަނީ ދާދި ފަހުން މާލެ ވިޔަފާރިވެރިންގެ މިސްކިތުގެ ގޯތިތެރެއަށް ގަޟާހާޖާތްކޮށްފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ.

އެ ފޮޓޯތަކުން ފެންނަނީ ވިޔަފާރިވެރިންގެ މިސްކިތުގެ ގޯތިތެރެއަށް ބޮޑުކަމު ގޮސްފައި ހުއްޓައި އާއި ފުޅިފުޅި އަށް ކުޑަކަމުގޮސްފައި މިސްކިތް ތެރޭގައި ބަހައްޓާފައި ހުއްޓައެވެ.

ފޭސްބުކްގައި މުނައްވަރު އާންމުކުރި ޕޯސްޓުގައި ބުނެފައި ވަނީ އެ ޕޯސްޓު ހިއްސާ ކުރީ ދަށު ދަރަޖައިގެ ވިޔާނުދާ އަމަލުތައް ކުރާ ބަޔަކު ވެސް މުޖުތަމައުގެ ތެރޭގައި އުޅޭ ކަން އަންގައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. 

މިސްކިތުގެ އިސްކުރު ބަރިއަށާއި ފާހަނާގެ ދޮރަށް ވެސް ގަޟާހާޖާތް ކުރުމަކީ ބަޔަކު މަދުން ނަމަވެސް ކުރަމުން އަންނަ ހަޑިމުޑުދާރު އަމަލެއް ކަމަށް ވެސް މުނައްވަރު ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!