ރާއްޖެއިން ފަތުރުވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް: ޑރ.ބްރޫސް

ފަތުރުވެރިކަން ހުޅުވާލުމަކީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރައްވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމްގައި ހިމެނޭ ޑރ. ބްރޫސް ސްޓޯވަރ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ހެދި ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓުވާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ހާލަތު ގޯސްނުވެ ހިފެހެއްޓިއްޖެނަމަ އަންނަ ޖޫން މަސް ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނެވޭތޯ ޓުއަރިޒަމް މިނިސްޓްރީން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލަން މިއީ އެންމެ ރަނގަޅު ވަގުތުތޯ، އަދި އެކަމަށް ރާއްޖެ ކިހާވަރަކަށް ތައްޔާރުތޯ ސުވާލުކުރުމުން ޑރ. ބްރޫސް ވިދާޅުވީ، ކަނޑައެޅިގެން މިވެނި ވަގުތަކީ ފަތުރުވެރިކަން ހުޅުވާލަން އެންމެ ރަނގަޅު ވަގުތޭ މިހާރުގެ ހާލަތު އޮތްގޮތުން ބުނަން ދަތިކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވާއިރު ފަތުރުވެރިކަން ނުފެށުމުން އިތުރު އެހެންކަންކަމާއި ކުރިމަތިލާން ޖެހޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ހުޅުވާލާއިރު ދިމާވެދާނެ ހާލަތަކަށް ހޭލުންތެރިވެ، ތައްޔާރުވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!