އޮކްސިޖަން ކެޕޭސިޓީ 36 މިލިއަން އަށް އިތުރުކޮށްފި

ރާއްޖޭގެ އޮކްސިޖަން ކެޕޭސިޓީ ހަތް މިލިއަން އިން 36 މިލިއަން އަށް އިތުރުކުރެވިފައި ވާކަމަށް ޑރ. މޫސާ ހުސެން ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވީ ކޮވިޑް-19އަށް ފަރުވާދިނުމަށް އޮކްސިޖަން ވަރަށް މުހިންމުކަމަށެވެ. އެގޮތުން އޮކްސިޖަން ތެރަޕީއަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވެވޭކަން ޔަޤީންކުރެވޭ ހަމައެކަނި ފަރުވާކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ.

އޮކްސިޖަންހުރެއްޖެ ނަމަ ކޮންމެ އެނދެއްގައި ބަލި މީހާއަށް ފަރުވާ ދެވިދާނެކަން ޑރ.މޫސަ ވަނީ ފާހަގަކުރައްވާފައެވެ.

” އޮކްސިޖަން ނެތިއްޔާ މުޅި ސިސްޓަމް ހަމަ އެއްކޮށް ކޮލަޕްސްވާނެ ދެއްތޯ. އަޅުގަނޑުމެން މިކަންތައް ފެށި އިރު ރާއްޖޭގެ އޮކްސިޖަން ކެޕޭސިޓީއަކީ 7 މިލިއަން. ޕީކެއްގަ އެންމެ މޮޑަރޭޓްކޮށްވެސް އަޅުގަނޑުމެން ސަރޖަށް ބެލި އިރު އެދުވަހުގަ ބޭނުންވީ 16 މިލިއަން. އެކަމު އަޅުގަނޑުމެން މިއަދު އިރާދަކުރެއްވީތީ އޮކްސިޖަން ކެޕޭސިޓީ 7 މިލިއަނުގައި ހުރެފައި 36 މިލިއަނަށް އިންކްރީޒް ކުރެވިއްޖެ” މޫސަ ވިދާޅުވިއެވެ.

ޑރ.މޫސަ މިފަދައިން ވިދާޅުވެފައިވާއިރު ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އެންމެ ފުރަތަމަ ސަފުގައި އޭނާދަނީ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!