ކޮރޯނާވައިރަހަށް އެކި ގައުމުތަކުގައި 133 ވެކްސިނެއް ދަނީ ޓެސްޓު ކުރަމުން: ޑަބްލިޔުއެޗްއޯ

ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 133 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

މިހާރު ޓެސްޓު ކުރަމުންދާ ވެކްސިންގެ ތެރެއިން 10 ވެކްސިނެއް ދަނީ އިންސާނުންނަށް ދީގެން ޓެސްޓު ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާގައި ކުރިއަށްގެންދާ ތަހުލީލުތައް ހިމެނެ އެވެ. އަދި ބާކީ 123 ވެކްސިން އިންސާނުންނަށް ދޭން ރައްކާތެރިތޯ އާއި ދޭންވީ މިންވަރު ސައިންސުވެރިން ދަނީ ހޯދަމުންނެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި މީގެ ތިން މަސް ކުރިން ލަފާ ކުރެވިފައި އޮތީ ވެކްސިނެއް ލިބެން 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށެވެ.

ނަމަވެސް އެއަށް ވުރެ އަވަހަށް ވެކްސިނެއް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!