ހުޅުދުއްފާރު ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ އާ ބަހަކާ ނުލައި އިތުރަށް މަގާމުގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މުހައްމަދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކައުންސިލަރުންގެ ތިން އަހަރުގެ މުއްދަތުގެ ދައުރު ހަމަވުމާ ގުޅިގެން ކަމަށާއި، އެ ގާނޫނަށް ބަދަލެއް ގެނެސްފައި އޮތް ކަމުގައިވީ ނަމަވެސް ރައްޔިތުންގެ އާބަހެއް ނެތި މަގާމުގައި ހުންނަވަން ބޭނުން ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް ރައްޔިތުން ގެ އާން ބަސް ލިބި، ރައްޔިތުން އެކަމަށް އެދޭނަމަ ކައުންސިލަރަކަށް ހުންނަވާނެ ކަމަށެވެ. އަދި މަގާމުގައި ނެެތްނަމަ ވެސް ރަށުގެ ތަރަސްގީ އަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެކަމަށެވެ.

މީގެ އިތުރުން މުހައްމަދު ވިދާޅުވީ، މި ތިން އަހަރު ދުވަހު ރައްޔިތުންގެ ފަރާތުން ކޮންމެ ކަމަކަށް ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި، އިލްތިމާސް އަކީ ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ރަށުގެ އެންމެންގެ އެއްބާރުލުން ދިނުމާއި، ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން މިހާރަށްވުރެ ވަރުގަދަ ކުރުން ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!