އެސިސްޓެންޓް ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަން ކޮށްފި

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަނުކުރެވުނު ރާބިޢު މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައި ކަމަށެވެ.

އެގޮތުން، އޭނާ ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުވަރީ 2009 ދުވަހު މި އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައި ކަމަށާއި އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި މި އޮފީހަށް ޚިދުމަށްކޮށްދެއްވަމުން ކަމަށެވެ. އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރައްވާތާ 11 އަހަރުވެފައިވާކަމަށެވެ.

ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަޙްޤީޤްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!