ޖީން އެކްސްޕާޓް ކާޓްރިޖުތައް ލިބުން ލަސްވެއްޖެ، އިތުރު ގޮތެއް ހޯދާނަން: މަބްރޫކް

ޖީން އެކްސްޕާޓް ކާޓްރިޖުތައް ލިބުން އަންނަ މަހަށް ލަސްވެެފައިވާ ކަމަށާއި, ވުމާއެކު އެކަމަށް އެހެން ގޮތެއް ހޯދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު މިހެން ވިދާޅުވެފައިވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަބްރޫކު ވިދާޅުވީ، ޖީން އެކްސްޕާޓް ކާޓްރިޖުތައް މިދިޔަ މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި އޮތަސް، އެ އެއްޗެހި ލިބުން މިހާރު ލަސްވެއްޖެ ކަމަށެވެ. “މިދިޔަ މަސް ނިމުނު އިރު، އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ އެތަކެއްޗެއް. މިހާރު އަނެއްކާ އެ ލިބޭ ތާރީހު މިއޮތީ ބަދަލުވެފައި މިއަންނަ މަހަށް،” އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޖީން އެކްސްޕާޓް ކާޓްރިޖުތައް ލިބުން ލަސްވުމާ ގުޅިގެން ޓެސްޓުކުރުމުގެ ކަންތައްތަކުގައި އިތުރު ގޮތެއް ރާވާނެ ކަމަށާއި، ކާޓްރިޖުތައް ނުލިބިގެން އެގޮތަށް ތިބެވެން ނޯންނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!