އިތުރު 12 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް  ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯސް ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ރާއްޖެއިން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ

މަބްރޫކު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނޭ 7 ދިވެހިންނަކީ ކުރިންވެސް ފާހަގަވި ކްލަސްޓަރތަކާ ގުޅުންހުރި ބައެއް ކަމަށެވެ. އަދި ބާކީތިބި 4 ދިވެހިން ކްލަސްޓަރއަކާ ގުޅުމެއް ނެތް ކަމަށާއި، އެހެން ނަމަވެސް ބިދޭސީ މީހާއަކީ ކުރީގެ ކްލަސްޓަރއަކާ ގުޅުންހުރި މީހެއްކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެ 12 މީހުންގެ ތެރެއިން 5 ދިވެހިންނަކީ އިތުރު ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، އެއީ ބަލި ޙާލަތު ގޯސް ވުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އަދި މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 67 މީހުންނަކީ އެގޮތަށް އިތުރު ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!