ފޮޓޯ: މިހާރު

ޕޮޒިޓިވްވި މީހުންގެތޭރޭގައި ރިސްކްބޮޑު 67 މީހުން

ޕޮޒިޓިވް މީހުންގެތޭރޭގައި ބަލި ބޮޑޫވެދާނެކަމަށް ބެލެވޭ 67 މީހުން އެބަތިބި ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅެއްޖެއެވެ

އޭގެ އިތުރުން، އެ 12 މީހުންގެ ތެރެއިން 5 ދިވެހިންނަކީ އިތުރު ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، އެއީ ބަލި ޙާލަތު ގޯސް ވުމުގެ ފުރުޞަތު ބޮޑު މީހުން ކަމަށެވެ. އަދި މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ޖުމުލަ 67 މީހުންނަކީ އެގޮތަށް އިތުރު ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންކަން މަބްރޫކު ފާހަގަ ކުރެއްވި އެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 1841ށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!