ރޭ މަޖިލީހުގައި ކަންހިގާ ގޮސްފަވަނީ ޤަވާއިދާޚިލާފަށް: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ޢަމަލުކޮށްފައިވަނީ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުންދާއިރު މަޖިލިހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަން ނުވެއްޖެނަމަ ރިޔާސަތުން އަދި މެމްބަރުން ޢަމަލްކުރަންޖެހޭނެ ގޮތް މަޖިލީހުގެ ޤަވާއިދުގެ 65 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަމަލު ކުރައްވާފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމުގައި ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ނިކުންނަން ޖެހޭނެ ކަމަށާއި، އަދި ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވައިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާ ގައި ހާޒިރުވެނެތް ކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވާ ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް މަޖިލީހުގެ ނިޒާމް ގެއްލިއްޖެ ނަމަ މަޖިލީހުގެ އެ ޖަލްސާ އެހެންވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާ ކަމަށްވެސް އެ ޤަވާޢިދުގައި ވަނީ ބުނެފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!